Skip to main content
Topic Archive

#ރާއްޖޭގެ މޫސުން

359 Stories filed
ދިމާވާ މޫސުމީ ކާރިސާއަކާއި ގުޅިގެން އެހީތެރިކަމަށް އެދި ގުޅަންވީ ކޮން ނަންބަރަކަށް؟
Report

ދިމާވާ މޫސުމީ ކާރިސާއަކާއި ގުޅިގެން އެހީތެރިކަމަށް އެދި ގުޅަންވީ ކޮން ނަންބަރަކަށް؟

ދިމާވާ އެކިއެކި ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދި ތިބާ ގުޅަންޖެހޭ ނަންބަރުތައް އިނގިފައި އޮތުމަކީ މުހިންމުކަމެކެވެ. އެ ދިމާވާކަމެއް ސިއްހާ ކުއްލި ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ގުޅަންވީ އެމްބިއުލާންސްގެ ނަންބަރުތައް އެނގިފައި ހުރުމަކީ ހާލަތަށް ތައްޔާރުވެ ހުރުމެވެ. އެފަދަ އެތައް ހާލަތެއް ދިރިއުޅުމުގައި ކުރިމަތިވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ މުއައްސަސާއެެއްގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތެއްގައި އެފަދަ ނަންބަރުތައް ކޮންޓެކްޓް ލިސްޓުގައި އޮތުމަކީ އެހާލ...

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ.އަތޮޅުން ށ.އަތޮޅަށް އޮރެންޖް ސަމާލު ނެރެފި
Thiladhunmathi News

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ.އަތޮޅުން ށ.އަތޮޅަށް އޮރެންޖް ސަމާލު ނެރެފި

މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުކަމަށްވާ ހއ، ހދ، އަދި ށ އަތޮޅަށް އޮރެންޖް ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރައި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތަކީ މިރޭ 19:00 އާއި ހަމައަށެވެ. އިއްޔެއިން ފެށިގެންރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ގަދަވެފައިވާއިރު، ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންދާކަން ފާހަގަކުރެވެއެވެ. މިމަހުގެ 9 ވަނަ ދުވަހު މޫސުމާ […]

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ
Raajje

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުން ދައްކައިފިއެވެ. މިގޮތުން މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މެންދުރުފަހު 15:00 އާއި ހަމައަށެވެ. މި ސަމާލުގެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި […]

މޫސުން ވަރަށް ގޯސް، އަލިވާން ފަށާނީ އަންގާރަ ދުވަހު
Raajje

މޫސުން ވަރަށް ގޯސް، އަލިވާން ފަށާނީ އަންގާރަ ދުވަހު

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހާއި އާދިއްތަ އަދި ހޯމަ ދުވަހު  މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި އެ ސަރަޙައްދުތަކަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ […]

ބުދަ ދުވަހުން ފެށިގެން ހުކުރުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެ: މެޓް އޮފީސް
Raajje

ބުދަ ދުވަހުން ފެށިގެން ހުކުރުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެ: މެޓް އޮފީސް

އަންނަ ބުދަ ދުވަހާއި، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ ބޮޑު އީދުގެ ޗުއްޓީ ދުވަސްވަރަށް ވުމުން މެޓު އޮފީހުން އަންނަނީ ދުރާލާ މޫސުން އަންދާޒާކުރެވޭކޮށް އާންމު ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މި އަދު އެ އިދާރާއިން ބުނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ […]

ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ، މުޅި ރާއްޖެއަށް ހުދު ސަމާލު
Raajje

ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެކަމަށް ލަފާކޮށް، މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް ނެރުނު ސަމާލުގެ މެސެޖުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން […]

ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ
Raajje

ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ

ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންވެއްޖެއެވެ. ށ. އަތޮޅު ޕޮލިހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބާރު ވަޔާއެކު އައި ވިލާގަނޑެއްގެ ސަބަބުން ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގެ ފަހަތު ވައު ކެނޑި، ބައެއް ލޯންޗު ބަނދަރު ތޮށިގަނޑުގައި ޖެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ލޯންޗުތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ލޯން...

މުޅި ރާއްޖެއަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ
Raajje

މުޅި ރާއްޖެއަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު […]

ވިއްސާރާގައި ކުޅުދުއްފުށީގެ ގެއެއްގެ ފުރާޅު އެއްލާލައިފި
Thiladhunmathi News

ވިއްސާރާގައި ކުޅުދުއްފުށީގެ ގެއެއްގެ ފުރާޅު އެއްލާލައިފި

ވިއްސާރާގައި ކުޅުދުއްފުށި ސިޓީ ގެއެއްގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށިީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިއަދު 11:00 ހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ އެ ސިޓީގެ “ޖަވާހިރުމާގޭ” ގެ ފުރާޅެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ގޭގެ ފުރާޅު މަގު...

ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ވަރަށް ގަދަވާނެ
Raajje

ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ވަރަށް ގަދަވާނެ

ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް އާންމުގޮތެއްގައި ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށެވެ. މިގޮތުން އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށާއި، ވިލާގަނޑުގައި […]

ހަނިމާދޫގައި ގާއިމުކޮށްފައިވާ މީޓަރަށް ލޮޅުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފައި: މެޓް
Thiladhunmathi News

ހަނިމާދޫގައި ގާއިމުކޮށްފައިވާ މީޓަރަށް ލޮޅުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފައި: މެޓް

ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ވަނީ ރެކޯޑު ކުރެވިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ލޮޅުމެއްގެ އަސަރުކުރިކަމުގެ ރިޕޯޓު ވަނީ އެ އިދާރާއަށް ލިބިފައެވެ. އެހެންވެ، އެ އިދާރާއިން ބެލިބެލުމުން ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައި ވާކަމަށް މެޓު...

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
Raajje

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިއަދު 15:00 އިން މިރޭ 21:30 […]

ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެ، ކާޑާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިޔުމަށް އިލްތިމާސްކޮށްފި
Raajje

ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެ، ކާޑާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިޔުމަށް އިލްތިމާސްކޮށްފި

އަންނަ ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެތީ މި މުއްދަތުގައި، ކާޑާއި ޒަރޫރީ ތަކެއްޗަށް ބޭނުންޖެހިފައިވާ ރަށްތަކުން އެ ތަކެތި އެ ރަށްތަކަށް ގެންދިޔުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެންޑީއެމްއޭ އިން މި އިލްތިމާސްކުރީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ކަނޑު ދަތުރުފަތުރަށް ބުރޫ އަރާފައިވާތީ، ބައެއް ރަށްތަކަށް ކާޑާއި ޒަރޫރީ ތަކެތި ގެންދަން ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާތީއެވެ. އެހ...

އުތުރުން ފެށިގެން ބޮޑު ބަޔަކަށް އަދި ވެސް މޫސުން ގޯސް
Raajje

އުތުރުން ފެށިގެން ބޮޑު ބަޔަކަށް އަދި ވެސް މޫސުން ގޯސް

ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން  ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ހެނދުނު 6:00 ގައި ނެރުނު މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ. އެއަށްފަހު […]

ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ
Raajje

ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ

ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ނެރެމުން އައި ރީނދޫ ސަމާލުގެ ދަރަޖަ، ހުދު ސަމާލަށް ބަދަލުކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ސަމާލުގެ ދަރަޖަ ހުދު ސަމާލަށް ދަށްކޮށް، މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ  މިރޭ 20:00 އިން މިރޭ […]