ނަމާދު ވަގުތަށް 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި
ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ. މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. މި ނިންމުމުގެ ދަށުން އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބްތަކާއި، އެކަޑަމީތަކާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވެސް ނ...