Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި
Raajje

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ،...

މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ
Raajje

މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހެލްތު އެކްސްޕާޓުންނާއި، އެޗްއީއޯސީއާއި ކަމާގުޅުންހުރި ފަރާތްތަކުގެ ލަފާފުޅާއިއެއްގޮތަށް އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން މާލެ ސަރަހައްދަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޖުލައި 1 އިން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8 އި...

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި
Raajje

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި

ކޯވިޑް-19 އާ ގުޅިގެން އާއްމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، މިހާރު ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިދިޔަމަހު 26 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސްޓޫޑެންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދިނުމާމެދު ސަރުކާރުގެ ވިސްނުން އޮ...

ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިޞްލާޙްކުރައްވައިފި
Raajje

ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިޞްލާޙްކުރައްވައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްލާހު ގެންނަވައިފިއެވެ. މި ގަރާރަށް ރައީސް އިސްލާހު ގެންނެވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަ...

ރައީސް ޞާލިޙް، މާލެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޞާލިޙް، މާލެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖ...

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަނީ
Raajje

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު މިދިޔަ އަހަރެއްހާ ދުވަހުއޮތް މިންވަރަށް މިމަހުއެކަނި ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރަށްވައި، މާދަމާ މާލެ ސަރަހައްދާއި، ކޯވިޑްގެ ހާލަތު ގޯސް ރައްތަކާއި ހިމެނޭހެން ރާއްޖޭގައި އަޅާ ހަރުކަށިފިޔަވަޅުގެ އަސަރު އެންމެ ބޮޑަށް ކުރާ...

ގޭ ބިސީތަަކުގެ ފެންބިލުން 30 އަދި ކަރަންޓު ބިލުން 40 އިންސައްތަ ލުޔެއް ދެނީ
Raajje

ގޭ ބިސީތަަކުގެ ފެންބިލުން 30 އަދި ކަރަންޓު ބިލުން 40 އިންސައްތަ ލުޔެއް ދެނީ

ކުރިއަށް އޮތް މަސްދުވަހު ރާއްޖޭގެ ހުރިހާ ގޭ ބިސީތަަކުގެ ފެންބިލުން 30 އިންސައްތަ، ކަރަންޓު ބިލުން 40 ލުޔެއް ދޭން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، ގޭބިސީތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކަރަންޓް އަދި ފެން ބިލުން ވެސް ކުރިއަށް އޮތް މަސްދުވަހު ލުއިދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެތަންތަނުން ކަރަންޓު ބިލުން […]

މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމު ހިންގަން ފެށުނު ދުވަސް: ރައީސް
Raajje

މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމު ހިންގަން ފެށުނު ދުވަސް: ރައީސް

މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. “ސަބަބަކީ، މިއަދަކީ...

ކުޅުދުއްފުށީ ކައުންސިލް އުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ކައުންސިލް އުވާލައިފި

ކުޅުދުއްފުށީ ސިޓީކައުންސިލް މެންބަރުން މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ކައުންސިލް އުވާލައި، އެ އިދާރާގެ ނަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ނެރުނު ދެއްނެވުމެއްގައި ވިދާޅުވީ، ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކ...

ކުދިންނަކީ މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދޭނީ އެކުދިންނަށް ރީތި ނަމޫނާ ދައްކައިދެވުނު މިންވަރަކުން: ރައީސް
Raajje

ކުދިންނަކީ މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދޭނީ އެކުދިންނަށް ރީތި ނަމޫނާ ދައްކައިދެވުނު މިންވަރަކުން: ރައީސް

މުޖުތަމަޢަށް ބޭނުންތެރި، އަދި މުޖުތަމަޢުގައި ބަސްވިކޭ ބަޔަކަށް ކުދިން ވާނީ، އެހެން މީހުންނާ ކުރާ މުޢާމަލާތުތަކުގައިވެސް، އަދި ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށް، ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ ހިތާބުގައި ރައީސް ވަނީ، މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ، ހުރިހާ ފަރާތްތަކުންވެސް ކުދިންނަ...

ކޮރަޕްޝަންގެ ކުށެއް ކުރުމަށް ހިންގާ ހުރިހާ އަމަލުތަކަކީ ކޮރަޕްޝަންކަމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި
Raajje

ކޮރަޕްޝަންގެ ކުށެއް ކުރުމަށް ހިންގާ ހުރިހާ އަމަލުތަކަކީ ކޮރަޕްޝަންކަމަށް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިޞްލާހުގައި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި “ކޮރަޕްޝަން” ކަމަށް ބުނެފައިއެވަނީ، ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި ޢަމަލުތައް ހިމެނޭގޮތުން ކަމަށް ހިމަނާފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، “ކޮރަޕްޝަންގެ ކުށް” ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް...

ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ބަޔާންކުރާ ބިލް ތަޞްދީޤު ކުރައްވައިފި
Raajje

ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ބަޔާންކުރާ ބިލް ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އު...

ޒަހާއަށް ރައީސްގެ ޝުކުރު
Raajje

ޒަހާއަށް ރައީސްގެ ޝުކުރު

ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި ޚިދުމަތްތަކަށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރަށްވައިފިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން އިސްތިޢުފާދެއްވީ މިއަދުއެވެ. ޒަހާ، ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވިކަން ހާމަކުރަށްވާ ރައީސް އޮފީހުން ވިދާޅުވީ، އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައ...

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަނުކޮށްފި
Raajje

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝިފްލާ މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޝިފްލާ އިބްރާހީމްއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އަރޓްސް އިން ޖަރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައް...

ޓެކްނޯލޮޖީ މިނިސްޓްރީ އުވާލައި މަސައްކަތްތައް އެންވަޔަރަންމަންޓުގެ ދަށަށް
Raajje

ޓެކްނޯލޮޖީ މިނިސްޓްރީ އުވާލައި މަސައްކަތްތައް އެންވަޔަރަންމަންޓުގެ ދަށަށް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ މިއަދު އުވާލައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެ މިނިސްޓްރީ އުވައިލެއްވުމަށްފަހު “މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު”ގެ ނަން ވަނީ “މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ”ގެ ނަމަށް މިއަދުން ފެށިގެން ބަދަލު ކުރަށްވާފަ އެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ އުވައިލެއްވުމ...