Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް
Raajje

ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ލުއައްޔު ސަޢީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ގދ. ވާދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ލުއައްޔު ސަޢީދު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލްކުރައްވާފައެވެ. މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރ...

ރައީސް ޞާލިޙް، ޅ އަތޮޅަށް ކުރަށްވާ ދަތުރުފުޅު ފައްޓަވައިފި
Raajje

ރައީސް ޞާލިޙް، ޅ އަތޮޅަށް ކުރަށްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ. މީގެއިތުރަށް ވަޑައިގަންނަވާނީ ސިނާއީ ރަށް ފެލިވަރަށާއި، މަޑިވަރަށެވެ. ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަ...

ކޯބިން، ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި
Raajje

ކޯބިން، ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހ...

އެންވަޔަރަންމަންޓް މިނިސްޓްރީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނުކޮށްފި
Raajje

އެންވަޔަރަންމަންޓް މިނިސްޓްރީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނުކޮށްފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނު ކުރަށްވައިފިއެވެ. އެ މަގާމަށް އައްޔަނު ކުރަށްވާފައި ވަނީ، ސީއެންއެމް އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކުރެއްވި ޙައްވާ މުޙައްމަދެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީ...

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް 
Raajje

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް 

ދިވެހި ދައުލަތުން އަރުވާ ޝަރަފެއް ކަމަށްވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް މި ޢިއްޒަތް އަރުވާފައި މިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމި...

އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި
Raajje

އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރާ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްމެދު ޢިމާރާތުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަ...

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު ތަސްދީޤުކުރައްވައިފި
Raajje

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާގައި، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިއިން ދެމުންދިޔަ ޚިދުމަތްތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވި...

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް
Raajje

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް

މިފެށޭ 2022 ވަނަ އަހަރުގެ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވާގޮތުން މިއަންނަ އަހަރަށް ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އިތުރު 4 ދުވަހެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ދުވަހަކަށް ކަނޑައަޅުއްވާފައި ވަނީ އަންނަ އަހަރުގެ މޭ 5 ވަނަ ދުވަހެވެ. މޭ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތް ތެރިންގެ ދުވަސްކަމަށްވާތީ އެ...

ދެ ބިލެއް ތަޞްދީޤު ކުރައްވައިފި
Raajje

ދެ ބިލެއް ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ބިލެއް މި އަދު ތަޞްދީޤު ކުރަށްވައިފިއެވެ. އެ ދެ ބިލަކީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޖިންސީ ކުށުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 2021 ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން […]

ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ތަސްދީޤުކުރައްވައިފި
Raajje

ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކުރާ ބިލެވެ. މީގެއިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަ...

ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި
Raajje

ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒަޢީމް މައުމޫން އަބުދުލްޤައްޔޫމް ޑުބާއީގައި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ޑުބާއީގައި ބައްދަލުކުރަށްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ. ރައީސް ޞާލިޙްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރު...

ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ
Thiladhunmathi News

ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ސިޓީގައި 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓ...

ރައީސްގެ އަރިއަތޮޅު ދަތުރުފުޅު: ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި
Raajje

ރައީސްގެ އަރިއަތޮޅު ދަތުރުފުޅު: ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލު ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ހެނދުނު ފެއްޓެވި މިދަތުރުފުޅުގައި ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ. މިގޮތުން މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ތޮއ...

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުން ވަރަށް މުހިންމު
Raajje

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުން ވަރަށް މުހިންމު

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ތައުލީމީ ދާއިރާގައި މިހާރު މަސައްކަތްކުރައްވާ ދިވެހި މުދައްރިސުންގެ އަދަދަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން...

ވަގުތީ ޓީޗަރުންގެ ޢަދަދު އަންނަނީ އިތުރުވަމުން، ހައްލު ނުހޯދިއްޖެނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑު
Raajje

ވަގުތީ ޓީޗަރުންގެ ޢަދަދު އަންނަނީ އިތުރުވަމުން، ހައްލު ނުހޯދިއްޖެނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑު

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ،...