Skip to main content
Topic Archive

#ރައީސް އޮފީހުގެ ޗީފް ސްޕޯކްޕާސަން

38 Stories filed
ދާއޫދު ސަސްޕެންޑުކޮށް، އިޒްދިޔާން މަގާމުން ވަކިކޮށްފި
Raajje

ދާއޫދު ސަސްޕެންޑުކޮށް، އިޒްދިޔާން މަގާމުން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށް، އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން މިއަދު މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުނ...

ވިޔަފާރި ކުރާތަންތަން މިރޭ 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ
Raajje

ވިޔަފާރި ކުރާތަންތަން މިރޭ 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކަނޑައަޅުއްވައި އިއުލާނުކޮށްފައެވެ. ”އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދ...

މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މަސައްކަތް ފަށައިފި
Raajje

މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މަސައްކަތް ފަށައިފި

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އިންޒާރު ދީފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށައިފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އަންގާފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސ...

ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ވާހަކައަކީ ދޮގެއް: ހީނާ
Raajje

ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ވާހަކައަކީ ދޮގެއް: ހީނާ

ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ “ކަނޑައެޅިގެން ދޮގެއް” ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ”ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި” ސުރުޚީގެ ދަށުން އަދަދު ނޫހުގައި ޝާޢިއުކުރި ޚަބަރުގައި ބުނެފައި ވަނީ، ”ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގ...

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފުކުރަން މަސައްކަތެއްނުކުރަން: ސަރުކާރު
Raajje

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފުކުރަން މަސައްކަތެއްނުކުރަން: ސަރުކާރު

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތް ނުކުރާކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކޮށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށް ހީނާ ވަނީ ފާހަގަކުރަށްވާފައެވެ. ”ކުރިއަށްއޮތް ތަނުގައިވެސް އެފަދަ...

ކެބިނެޓަށް ބަދަލެއް ގެންނަވަން ރައީސް ނުނިންމަވާ: ހީނާ
Raajje

ކެބިނެޓަށް ބަދަލެއް ގެންނަވަން ރައީސް ނުނިންމަވާ: ހީނާ

ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާކަމަށް ރޭ މީސްމީޑިއާގައި ވަނީ އަޑު ފަތުރާފައެވެ. މިގޮތުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު މަގާމުން ވަކިކޮށް، އެމަގާމަށް ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް ހަމަޖަސަވަން އުޅޭކަމަށް ވަނީ އަޑުފަތުރާފައެވެ. މީގެ އިތުރުނ...

އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފި
Raajje

އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފި

ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހީނާ ވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެނ...

ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ
Raajje

ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ

އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން އެތަނުގައި ތިބި ރާއްޖޭގެ ވަފުދު އެ ސެޝަން ދޫކޮށް އެތަނުން ނުކުމެއްޖެއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެފައިވާ ކަމަށެވެ. ރާއްޖޭގެ ވަފުދު އެ މަލާމުން ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒ...

ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ
Raajje

ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ. މި ދަތުރުފުޅުވެގެންދާނީ 17 ނޮވެމްބަރު 2024 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. ރައީސ...

ބަންކަރިން ޚިދުމަތްފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުން: ސަރުކާރު
Raajje

ބަންކަރިން ޚިދުމަތްފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުން: ސަރުކާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ބަންކަރިންގެ ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ. ހީނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބ...

މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު
Raajje

މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި...

ފަލަސްތީނުގެ ހައްގުގައި ކޮންމެ ފިޔަވަޅެއް ވެސް އަޅަން ތައްޔާރު: ހީނާ
Raajje

ފަލަސްތީނުގެ ހައްގުގައި ކޮންމެ ފިޔަވަޅެއް ވެސް އަޅަން ތައްޔާރު: ހީނާ

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ރާއްޖެ އިން އަޅަން ތައްޔާރަށް އޮތް ކަމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން އަބަދުވެސް ސްޓޭންޑް ނަގަމުން އަންނަ ކަމަށާއި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުން އަންނަނީ އެހެން ގައުމުތަކަށް ވުރެ ގިނަ މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ، ފަލަސްތ...

މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ހަރުދަނާ ކުރަން: ހީނާ
Raajje

މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ހަރުދަނާ ކުރަން: ހީނާ

ސަރުކާރުގެ އެކިއެކި މަގާމުތަކަށް ގެންނަމުންދާނެ ބަދަލުތަކަކީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިންގެވުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތެއް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކ...

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި
Raajje

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުން އޮތް މާލަމަށް މޯބައިލް ފޯނު ނުވެއްދޭނެ ކަމަށް އެ އޮފީހުން އެންގުމުން އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރުމުން ރައީސް އޮފީހުން ނޫސްވެރިންނަށް އެ ފުރުސަތު ދިންކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ...

ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް
Raajje

ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް

ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް އެ ނޫސްވެރިން ވަނ...