މާލޭ ސަރަހައްދުގައި އުޅޭ ކިނޮޅަހު ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރުމަކީ ރީތި މަރުޙަލާއެއް: އާދަމް ޝަރީފް
ރ. ކިނޮޅަހު ކައުންސިލުން، މާލޭ ސަރަހައްދުގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަކީ އެކުގައި މަސައްކަތްކުރުމުގެ ރީތި މަރުޙަލާއެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކިނޮޅަހު ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މާލޭ އިމާދުއްދީން ސްކޫލްގައި ބޭއްވި މި ބައްދަލުވުމަކީ ކިނޮޅަހު ކައުންސިލްގެ ތަރައްގީގެ ޕ...