Column
ރިބާ ޙަރާމް ކުރެއްވުމުގެ ޙިކްމަތް: ޤައުމުތަކުގެ ދަރަނީގެ ކާރިޘާތަކަށް ބަލާލުމުން ފުދޭނެ
އިސްލާމީ ޝަރީޢަތުގައި ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ ދައްކަވާފައިވެއެވެ. ހަމަ އެހެންމެ މުސްލިމް އަދި ބެއެއް ޣައިރު މުސްލިމް އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވެއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު އެއް ސަބަބަކީ އޭގައި ޢަދުލުވެރިކަމުން އެއްކިބާވުމާއި އަނިޔާވެރިކަން ހިމެނޭތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި […]