ރިޓޯ 3އިން3 ބާސްކެޓް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސްއަށް
މިޑްލް ސްޕޯރޓްސް ކުލަބާއި ހއ.ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ކުރިއަށް ގެންދިޔަ ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ދިއްދޫ ޔޫތު ސެންޓަރުގެ ބާސްކެޓް ކޯޓުގައި 16 ސެޕްޓެމްބަރ 2020 ވީ ބުދަ ދުވަހު (މިއަދު) ހަވީރު ވަނީ މި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅެފައެވެ. ނާޑް ސްޕޯޓްސްއިން ފައިނަލްގެ ފުރަތަމަ ޖާގަ މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީމް ވައިޕާރސްގެ […]