ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް
ހަގީގަތުގައި އެޓާނީޖެނެރަލް އިބްރާޙީމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ އ...