ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ މަސައްކަތްތައް ތަންފީޒުކުރާނީ ދިފާއީ ވުޒާރާއިން
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާއީ ވުޒާރާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. މި ނިންމެވުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް މިއަދުން ފެށިގެން ވަނީ ދިފާއީ ވުޒާރާ (މިނިސްޓްރީ އޮފް ޑިފެންސް)ގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރަށްވާފައެވެ. ދިވ...