ޓްރެފިކްކުރަން ރޭވުމާއި، އަމުރުކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ ބިލު ތަޞްދީޤުކުރައްވައިފި
ބޮޑެތި މީހުންކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުއަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލުގެ ޒަރިއާއިން މި ގެންނެވި އިޞްލާޙުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ މި ޤާނޫނުގެ 12 ވަނަ މާއްދާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. މި ޤާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަން...