Skip to main content
Topic Archive

#ރައީސް އޮފީސް

465 Stories filed
ރާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފި
Raajje

ރާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފި

އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން އިޢުލާނު ކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. ރައީސް އޮފީހުން މިރޭ ވިދާޅުވީ، ރާނީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިނަމ...

ވިޔަވަތި ރާއްޖެ ކޮންފަރެންސް އަންނަ ހޮނިހިރު ދުވަހު
Raajje

ވިޔަވަތި ރާއްޖެ ކޮންފަރެންސް އަންނަ ހޮނިހިރު ދުވަހު

ސަރުކާރުން ބާއްވަވަމުން އަންނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، މިޢްވާން ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެ...

ރައީސް މުލަކަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވަނީ
Raajje

ރައީސް މުލަކަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިޢްވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް ޞާލިޙް މި އޯގަސްޓު 27 އިން 29 އަށް މުލަކަތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފަސް ރަށަކީ، ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިން...

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން ޢައްޔަނުކުރައްވައިފި
Raajje

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން ޢައްޔަނުކުރައްވައިފި

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރަ...

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން
Raajje

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން

ރައީސް އޮފީހުގެ އައު ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނުކަން މިއުވާންއަށް ދީފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާދިނުމާއި ގުޅިގެންނެވެ. މިއުވާން ވެސް ފޮރިން މިނިސްޓްރީން އިސްތިއުފާދެއްވީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު އެ މިނިސްޓްރީގައި މިއުވާންގެ މަގާމު ފުރަނީ ޞަފާތު އަޙްމަދު ޒާހިރު އެވެ. ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަކީ މިނިސްޓަރުގެ ނައިބ...

މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާނުކަމުން އިސްތިއުފާދެއްވައިފި
Raajje

މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާނުކަމުން އިސްތިއުފާދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާދެއްވައިފިއެވެ. މިކަން ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ. އެކަމަކު ތިލަދުން އަށް ވަނީ މިކަން ޔަގީންވެފައެވެ. އެނގިފައިވާގޮތުގައި މަގާމުން އިސްތިއުފާދެއްވައި ވަނީ ރަސްމީކޮށް ސިޓީ ފޮނުވާފައެވެ. އެކަމަކު އޭނާ އިސްތިއުފާދެއްވި ސަބަބެއް ސާފެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހުގެ ވެރިކަން ފެށިގެން މަބްރޫކް ފުރަތަމަ ކުރެއްވީ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ. އޭގެ ފަހުން މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަ...

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު
Raajje

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޞަފާތަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒް...

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް
Raajje

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެކަމަށް  ޤައުމީ އިނާމާބެހޭ ކޮމިޓީއިން ބުނެފި އެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލެއްވީ، މިއަހަރުގެ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އިނާމަށް...

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސްކޮއާ ހަވާލުކޮށްފި
News

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސްކޮއާ ހަވާލުކޮށްފި

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް އޮފީހުގެ ހިންގުން އެ އޮފީހުގެ އަންޑަސެކެޓަރީ މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އާ ހަވާލުކޮށްފި އެވެ. މީގެ ކުރިން ކޮމިއުނިކޭޝަންސް އޮފީސް ހިންގަމުން އައީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސް އޮފީހުގެ މީޑިއާ ގުރޫޕަށް ހޫދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސާންއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މީގެފަހުން ހާއްސަ ވާނީ ރައީސް އޮފީހުގެ ފޮރިން […]

މި މަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދު
Raajje

މި މަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދު

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަހާއި ގުޅިގެން މި މަހުގެ 27 ވަނަ ދުވަސް ވެސް ވަނީ ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ، މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ […]

ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި
Raajje

ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް ޞާލިހު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ރޭ މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އ...

މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ގެނައީ އިންޑިއާއިން
Raajje

މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ގެނައީ އިންޑިއާއިން

މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖެ ގެނައީ އިންޑިއާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި “އެދުރުންގެ ފަންނު، ގޮންޖެހުންތަކާއި ހުށަހެޅުންތައް” ރިޕޯޓުގައި ބުނެފިއެވެ. އެޑިޔުކޭޝަނަލް ރިސާޗް ގްރޫޕުން އެކުލަވައިލި މި ރިޕޯޓްގައި ވާގޮތުން ވޭތުވެދިޔަ ދިހަ އަހަރު ރާއްޖެ އަށް ގިނައަދަދެއްގެ ބިދޭސީ މުދައްރިސުން ސަރުކާރާއި އަމިއްލަ ސްކޫލްތަކަށް ވަނީ ގެނެސްފައެވެ. މި ރިޕޯރޓް ގައި ވާގޮތުން މިދިޔަ ދިހަ އަހަރުގެ ތެރޭގައި ހަ ހާސް ހަތަ...

ރައީސް، މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ
Raajje

ރައީސް، މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށެވެ. މިބައްދަލުވު...

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
Raajje

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައިފިއެވެ. އެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ގޮތުން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅ...

ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި
Thiladhunmathi News

ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި

ށ. ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނޫމަރާ ކައުންސިލާއި ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެ ކައުންސިލާއި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސްއަށް ދަންނަވައި، އެކަންކަމ...