ރިލްވާންގެ މަރު: ހެކިން ހެކިބަސްދޭން ޖެހިލުންވޭ
ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގެ މައުލޫމާތު އެނގޭ މީހުން ވެސް ހެކިބަސްދޭން ޖެހިލުންވާ ކަމަށާއި، އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ. ރިލްވާންގެ މަރަށް 7 އަހަރު ފުރުމާ ދިމާކޮށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލާގެ ތަހުގީގަށް ހުރަސްތަކެއް ހުރި ކަމަށެވެ. އޭގެ ތެ...