Skip to main content
Topic Archive

#ނައިބު ރައީސް ފައިސަލް ނަސީމް

205 Stories filed
އަމްރީތާ ހޮސްޕިޓަލުގައި ތިބި ދިވެހީންގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި
Raajje

އަމްރީތާ ހޮސްޕިޓަލުގައި ތިބި ދިވެހީންގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްލަވާލައްވައިފިއެވެ. އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު އެމަނިކުފާނު ބައްލަވާ ލައްވާފައިވަނީ، އެ ހޮސްޕިޓަލުގެ ޑިރެކްޓަރ، އިންޓަރނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް، ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ފޯނު ކޯލުގައި ނައިބު ރައީސް ދެއްކެވި ވާހަކަ ފުޅުގައި ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފަ...

ރައްޔިތުން އެތައް ގެއްލުމެއް ތަހައްމަލް ކޮށްފި، ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދެއްވާ: ނައިބު ރައީސް
Raajje

ރައްޔިތުން އެތައް ގެއްލުމެއް ތަހައްމަލް ކޮށްފި، ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދެއްވާ: ނައިބު ރައީސް

ކޯވިޑް-19 ގެ ސަބަބުން ހުރިހާ ރައްޔިތުން އެތައް ގެއްލުމެއް ތަހައްމަލް ކޮށްފައި ވާކަމަށާއި، ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިނުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ގޮވާލަށް ވައިފިއެވެ. ނައިބު ރައީސް ފައިޞަލް މިމޭރުމުން އިލްތިމާސް ކުރެއްވީ ކުރަށްވާ ފައިވާ ޓުވީޓެއްގައި އެވެ. ނައިބު ރައީސް ވިދާޅުވީ ޖަމާޢަތުގައި ނަމާދު ނުކުރެވި، ސްކޫލްތަށް ބަންދުވެ، ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން ހުރިހާ ރައްޔިތުން ވަނީ ތަޙައްމަލް ކޮށްފައި ކަމަށެވެ. އެހެންކަމުން ޙާލަތު އިތުރަށް ގޯސްވުމަ...

ނައިބު ރައީސް، އެމްޓީސީސީގެ އިސްވެރިންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި
Raajje

ނައިބު ރައީސް، އެމްޓީސީސީގެ އިސްވެރިންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގެ އިސްވެރިންނާއި ބައްދަލު ކުރައްވައި، އެ ކުންފުނިން ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢު ތަކާއި، މަސައްކަތް ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިއަދު އެމްޓީސީސީގައި އޮތް އެ ބައްދަލު ވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަގެ މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ބައިވެރިވެ ވަޑައިގަތެވެ. ‏އެމްޓީސީސީއިން ބުނީ މިއަދު...

"ފަޚުރުވެރި ޢާއިލާ" ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވައިފި
Raajje

"ފަޚުރުވެރި ޢާއިލާ" ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވައިފި

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައި ހިމެނޭ “ފަޚުރުވެރި ޢާއިލާ،” މި ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މިއަދު މި މަޝްވަރާ ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. މިބައްދަލު ވުމުގައި “ފަޚުރުވެރި ޢާއިލާ،” މި ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން، ތަފާތުކުރުންތައް ނައްތައިލުމާއި ހަވާސާވެފައިވާ އާބާދީތަ...

ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރަން ވަޒީފާ ތަކަށް ބޭނުންވާ މީހުން ބިނާ ކުރަންޖެހޭ: ނައިބު ރައީސް
Raajje

ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރަން ވަޒީފާ ތަކަށް ބޭނުންވާ މީހުން ބިނާ ކުރަންޖެހޭ: ނައިބު ރައީސް

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ “ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް” ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއް...

ނައިބު ރައީސްގެ ޝުކުރު ދީނީ ޢިލްމު ވެރިންނަށް
Raajje

ނައިބު ރައީސްގެ ޝުކުރު ދީނީ ޢިލްމު ވެރިންނަށް

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރޭ ގައި ބައްދަލު ކުރަށްވާފައިއެވެ. މިބައްދަލު ކޮށްލެއްވުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލު ކޮށްލެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި،...

ނައިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައްވައިފި
Raajje

ނައިބު ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، އެ ސެންޓަރުން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވައި އެ ސެންޓަރުގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާއި އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެެއްވުމުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައި...

"އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ" ޕްރޮގްރާމްގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގެންފި
Raajje

"އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ" ޕްރޮގްރާމްގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، “އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ” ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މިއަދު މެންދުރު ލައިވްކޮށް ކުރިއަށް ގެންދިޔަ މި ޕޮރޮގުރާމުގައި ބައިވެރިވެ ވަޑައިގެން އެ މަނިކުފާނުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭގޮތުން އެ މަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ޙިއްޞާ ކުރައްވާފައެވެ. މިއަދު އެ ޕޮރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތެއ...

ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!
Raajje

ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!

ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޕްރިންސިޕަލުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް ޝުކުރު އަދާކުރަށްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހަވީރު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއިއެކު ބައްދަލުކުރައްވާފައެވެ. އ...

ނައިބު ރައީސް މާވެޔޮ މިސްކިތް ބައްލަވާލައްވައިފި
Raajje

ނައިބު ރައީސް މާވެޔޮ މިސްކިތް ބައްލަވާލައްވައިފި

ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަޞީމް، މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) އަށް ޒިޔާރަތްކުރައްވައި އެ މިސްކިތް ބައްލަވާލައްވައިފިއެވެ. އެމަަނިކުފާނު މާވެޔޮ މިސްކިތަށް ޒިޔާރަތް ކުރަށްވައި އެ މިސްކިތް ބައްލަވައި ލެއްވީ މިއަދުއެވެ. އެ ޒިޔާރަތުގައި ނައިބުރައީސް އަރިހުގައި އެމިސްކިތް އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދެއްވި މުހައްމަދު އަލީ ޖަނާހުވެސް ބައިވެރިވެ ލެއްވިއެވެ. ކުރިން ދެ ބުރިއަށް އަޅާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އ...

ނައިބު ރައީސް ޞިއްޙީ ދާއިރާގައި ވެރިންނާ މަޝްވަރާ ކުރައްވައިފި
Raajje

ނައިބު ރައީސް ޞިއްޙީ ދާއިރާގައި ވެރިންނާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައި...

ކޮވިޑް-19އިން ރައްކާތެރި ވުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން: ނައިބު ރައީސް
Raajje

ކޮވިޑް-19އިން ރައްކާތެރި ވުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން: ނައިބު ރައީސް

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަށް، މާލެ ސިޓީގައި ހިންގުނު ކާފިއުގެ ވަގުތު ހިންގަން ފެށުމާއި އެކު ކުރެއްވި ޓުވީޓެއްގައިއެވެ. ” ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާވެ ތިބުމަށް އެންމެ މުހިންމީ ދުޢާ...

"ސްޓޭ އެޓް ހޯމް ޗެލެންޖު" ގައި ނައިބު ރައީސް ފައިސަލްގެ ހުނަރު ދައްކާލައްވައިފި
Raajje

"ސްޓޭ އެޓް ހޯމް ޗެލެންޖު" ގައި ނައިބު ރައީސް ފައިސަލްގެ ހުނަރު ދައްކާލައްވައިފި

“ސްޓޭ އެޓް ހޯމް ޗެލެންޖު” ގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ހުނަރު ފެނިގެން ގޮސްފިއެވެ. ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަ ކުރުމަށް ސިއްޚީ މާހިރުންނާއި، ކަމާއި ބެހޭ ފަރާތްތަކުގެ އެންމެ ބޮޑު އިރުޝާދަކީ މިދުވަސްވަރު ގޭގައި ތިބުމެވެ. މިގޮތުން ގޭގައި ތިބޭއިރު ދުޅަ ހެޔޮކަންމަތީ ތިބުމަށް މަސައްކަތް ކުރުމަށްވެސް އެފަރާތްތަކުން އިރުޝާދު ދެއްވައެވެ. ސްޓޭ އެޓް ހޯމް ޗެލެންޖަކީ ހަލުވި ކަމާއިއެކު ކޮރޯނާވައޮރަސް (ކޮވިޑް-19) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނާތީ ގޭގައި ގިނަވަގުތު […]

ނައިބު ރައީސްގެ ކާރު ކޮޅަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
Raajje

ނައިބު ރައީސްގެ ކާރު ކޮޅަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ކާރު ކޮޅަށް ގެއްލުންދިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ވެހިކަލް ތަކަށް ގެއްލުން ދޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބިފައިވާކަމަށާއި މި މައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު، ހިލާލީގެ ކައިރީގައި އޮތް ނައިބު ރައީސްގެ ކާރު ކޮޅުގެ ވައިޕަރ އާއި ނަންބޯޑް ބިންދާލައި ގެއްލުން ދީފައިވާކަމަށެވެ. މި މައްސަލަ އާއި ގުޅިގެން 20 އ...

ނައިބު ރައީސް ރ. އުނގޫފާރަށް ވަޑައިގަންނަވާ އެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފި
Raajje

ނައިބު ރައީސް ރ. އުނގޫފާރަށް ވަޑައިގަންނަވާ އެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ވަޑައިގަންނަވާ، އެ ރަށު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުނގޫފާރަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުނގޫފާރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރަށުގެ ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު އުނގޫފާރު ކައުންސިލަރުންވަ...