Skip to main content
Topic Archive

#ނައިބު ރައީސް ފައިސަލް ނަސީމް

205 Stories filed
ނައިބު ރައީސް ދެކުނުގެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ނައިބު ރައީސް ދެކުނުގެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަންނަވައިފިއެވެ. އިއްޔެ ނައިބު ރައީސް ކުރެއްވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. މިގޮތުން އިއްޔެ މެންދުރު ކުރީގައި އެ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރާތްކުރައްވައި، އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ވެއެވެ. މި ބައްދަލުކުރެއްވުމުގ...

މަސްތުވާތަކެތީގެ ވަބާއަކީ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް: ނައިބު ރައީސް
Raajje

މަސްތުވާތަކެތީގެ ވަބާއަކީ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް: ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަސްމިއްޔާތުގައ...

ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން އެއާޕޯޓުތަކުގައި ކަންކަން ފަހިކުރަން އިތުރަށް މަސައްކަތްޖެހޭ: ނައިބު ރައީސް
Raajje

ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން އެއާޕޯޓުތަކުގައި ކަންކަން ފަހިކުރަން އިތުރަށް މަސައްކަތްޖެހޭ: ނައިބު ރައީސް

ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އެއާޕޯޓުތަކުގައި، އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެންވިދާޅުވީ، އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބޭއްވި މަޝްވަރާ ބައްދަލުވުމުގައިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ރައ...

ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް: ނައިބު ރައީސް
Raajje

ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް: ނައިބު ރައީސް

ދަރުމައަށް ޚިދުމަތްކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައި ހުރި ވަރަށް މަތިވެރި ޠަބީޢީ ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހާއި ގުޅުވައިގެން އެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ވެބިނަރގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯ މެސެޖުގައި ނައިބު ރައީސް ފައިޞަލް ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ވޮލަންޓިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހިލޭސާބަހަށ...

ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ
Report

ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ

ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރަށްވާފައިވާ، އިޖުތިމާޢީ ޚިދުމަތްތެރިއެއްކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. މިއަދު މިމަޢުލޫގެ ތެރެއަށް ވަދެ، ހޯދައި ބަލައިލަން މިޖެހުނީ މިހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ފުޓްބޯޅައިގެ ދުނިޔެ ކަރުނުން ތެއްމާލި ޚަބަރަކަށް ވެގެންދިޔަ، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާ މިދުނިޔެއާއި ވަކިވެގެން ދިޔުމުން ނައިބު ރައީސް ފައިޞަލް ކުރެއް...

ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމުކަމެއް: ނައިބު ރައީސް
Raajje

ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމުކަމެއް: ނައިބު ރައީސް

ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް ރާއްޖޭގެ އަތޮޅުތަކަށް ވެސް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މި މޭރުމުން ވިދާޅުވީ، ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި...

ޑައިބިޓީސް ސޮސައިޓީގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި
Raajje

ޑައިބިޓީސް ސޮސައިޓީގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ޑައިބިޓީސް ސޮސައިޓީގެ އިސް ބޭފުޅުން ވަނީ އެ ބޭފުޅުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރ...

ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީން: ނައިބު ރައީސް
Raajje

ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީން: ނައިބު ރައީސް

ްދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ އަލިގަދަ ނޫރުން ހިތްތައް އަލިކުރެއްވުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ތާއަބަދަށް މުސްލިމުންކަމުގައި ދެމިތިބުމުގެ ހެޔޮތައުފީޤު ދިވެހި ރައްޔިތުންނަށް ދެއްވުން އެދި ދުޢާ ކުރަށްވާފަ އެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހު...

އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް
Raajje

އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް

ރައީސް އިބްރާޙީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ދިވެހިރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަދި ވަކިން ޚާއްޞަކޮށް ޤުރްއާނަށް ލޯބިކުރާ އަދި ރިވެތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުން ކަމަށާއި އަދި އެއީ ވަރަށް މަތީ މަޤްޞަދެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގ...

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް
Raajje

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާނ...

ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމަށް މަޝްވަރާކޮށްފި
Raajje

ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމަށް މަޝްވަރާކޮށްފި

ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރަށްވައިފި އެވެ. މި މަޝްވަރާ ކުރަށްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ހެލްތު ކޮމިޓީގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރ...

ނައިބު ރައީސް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި
Raajje

ނައިބު ރައީސް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ. މިގޮތުން ނައިބު ރައީސް ފައިޞަލް އިއްޔެ ހަވީރު ވަނީ، މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަޙައްދުގައި އެސްޓީއޯއިން ތަރައްޤީކުރަމުން ގެންދާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މީގެއިތުރުން ކުރީގެ...

ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި
Raajje

ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން ކުރިއަށްްގެންދާ އެންމެހާ ހަރަކާތްތަކާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތުތައް އެ ސާރވިސްގެ އިސްވެރިންގެ ކިބައިން ހޯއްދަވާފައެވެ. އެގޮތުން އެ ސާރްވިސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ...

International

އިމާމުންނާއި މުދިމުންނަށް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ޕްރޮގްރާމެއް

މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން ހިންގާ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޚާއްޞަ ޕުރޮގުރާމު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ޕުރޮގުރާމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމު އިފުތިތާޙުކޮށްދެއްވާފައި ވަނީ، މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރ...

އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް
Raajje

އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް

‏ރާއްޖޭގެ ޤައުމީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މިއަދު އަޒުމް ކަނޑައަޅަންވީ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ މިއަދާއި ގުޅިގެން ކުރަށްވާފައި ވާ ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ނައިބު ރައީސް ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަށް ވާފައި އެވެ. ”ބޮޑުތަކުރުފާނާއި، ޤައުމަށްޓަކައި ޖިހާދުވި އަބްޠާލުންގެ ޒިކުރާ އާކުރަމުން، ޤައުމީ އެ...