ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ
ށ. ނަރުދޫ އަމާޒް ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަމާޒު ބޯޓުގެ ފަޅުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. ނަރުދޫ ކޯވިޑް ޓާސްކް ފޯހުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ މާލެއަށް ކުރި ދަތުރަކަށްފަހު އެ ބޯޓު ނަރުދޫގައި ބަނދަރު ކުރީ މީގެ ތިން ދުވަސް ކުރިންކަމަށެވެ. “ކައުންސިލާއި، ސިއްހީ މަރުކަޒާއި، ޓާސްކް ފޯހާއި ދެންވެސް މި މަސައްކަތުގައި ޝާމިލް ފަރާތްތަކުން ނިންމާފައިވާ ގޮތަށް އެ ބޯޓުން އެއްވެސް ފަޅުވެރިއަކަށް ރަށު ތެރެއަކަށ...