ދާއިރާގެ 1 ގެއަށް ވަންނަން ފުރުސަތު ލިބުނު: ނަހުލާ
ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައި އޮތްނަމަވެސް އިއްޔެ ވިލިމާލެއަށް ވަޑައިގެން ކަމަށާއި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެއް ގެއަށް ވަނުމުގެ ފުރުސަތު ލިބުނު ކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ. ނަހުލާ އިއްޔެ ވަނީ އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންފަރާތަކުން ކަމެއް...