ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމަށް ޕޯޓަލެއް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހެޅުމަށް ހާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށް، އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު ވަނީ 5 ޖަނަވަރީ 2023 ގައި އެކުލަވާލެވިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ...