Skip to main content
Topic Archive

#ހިޔާ މަޝްރޫއު

13 Stories filed
ހިޔާ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި
Raajje

ހިޔާ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހުޅުމާލޭގެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުން ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އޮތޯރިޓީން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ […]

ހިޔާގެ އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި
Business

ހިޔާގެ އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް އާންމުންނަށް ބޭނުންކުރަން ހުޅުވާލައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ލިފްޓް ހަރުކޮށް ނިންމާފައިވަނީ H13، H14 އަދި H15 ޓަވަރުގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 15 ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ހިޔާގެ ކޮންމެ ޓަވަރަކަށް އިތު...

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
Raajje

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން، ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ. މިކަމާ ގުޅޭ ތަފްސީލް ހާމަކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފްލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނ...

''ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާދޭ''
Raajje

''ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާދޭ''

ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާންނާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ. ހިޔާ ފްލެޓުގެ ކުއްޔަށް ބަދަލުތަކެއް ގެނެސް އެކަން އިއުލާނު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ކުއްޔަށް ލުޔެއް ދިން ކަމުގައިވިޔަސް މެއިންޓަނަންސް ފީއަށް ކުރިން ނަގަމުން ދިޔަގޮތަށް 1000 ރުފިޔާ ނަގަމުން ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް […]

އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ
Raajje

އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ

ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ސަރުކާރަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށް ދިނުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ. މިއީ މިގޮތަށް އެދި ސިޓީ ފޮނުއްވި 3 ވަނަ ފަހަރު ކަމަށް […]

ހިޔާ ފްލެޓްތަކުގެ 9 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެ
Business

ހިޔާ ފްލެޓްތަކުގެ 9 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން ނުވަ ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެއެވެ. އެ ކުންފުނިން މިއަދު ބުނީ އެ ޓަވަރުން ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ސްޓެލްކޯ ހިދުމަތް ފޯމުގައި ސޮއި ނުކުރާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް މާދަމާ އެފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ ހިދުމަތް ފޯމުގައި ސޮއި ކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00ން މެންދުރު 12:00އާ ދެމެދު ހުޅުމާލެ ހުރަވީ […]

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު އަލުން ފަށާނެ
Raajje

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު އަލުން ފަށާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަލުން ފަށަން ނިންމައިފިއެވެ. އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ އެކަމުގައި މަސައްކަތްކުރާ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިއަދު އަނެއްކާ ވެސް އެ މަސައްކަތް ފަށަން ތާވަލްކޮށް އެކަމުގެ ތަފްސީލްތައް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން މި މަހު 18 އާ ހަމައަށް ކުރިއަށް ގެންދަން އެޗްޑީސީން ވަނީ ރާވައިފައެވެ. އެ މުއްދަތުގައި ސޮއިކުރާނީ ޓ...

އަންނަމަސް ނިމުމުގެ ކުރިން ހިޔާ ފުލެޓު ހަވާލުކުރަން ގޮވާލައި ޕެޓިޝަނެއްގައި ގިނަބަޔަކު ސޮއިކުރަނީ
Raajje

އަންނަމަސް ނިމުމުގެ ކުރިން ހިޔާ ފުލެޓު ހަވާލުކުރަން ގޮވާލައި ޕެޓިޝަނެއްގައި ގިނަބަޔަކު ސޮއިކުރަނީ

ހިޔާ ފުލެޓު ލިބުނު ފަރާތްތަކުން، ފުލެޓުތައް ލިބުން ލަސްވާތީ، ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ ޕެޓިޝަން ގައި ގިނަބަޔަކު ސޮއިކުރަމުން އެބަދެއެވެ. މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، “ހިޔާ ފްލެޓު ޔޫނިއަން” ގެ ނަމުގައި ކުރިއަށްގެންދާ ޕެޓިޝަނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޕެޓިޝަނުގައި ބުނެފައިވާގޮތުން ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވަނީ ގިނަ ފަރާތްތަކަކަށް ފުލެޓު ނަންބަރުތައް ވެސް ދީފައިވާކަމަށައި މިހާ ހިސާބަށް މި އާދެވުނީ ވެ...

ހިޔާ ފްލެޓަކަށް މަހަކު ދައްކަން ޖެހެނީ 8500 ރުފިޔާ
Raajje

ހިޔާ ފްލެޓަކަށް މަހަކު ދައްކަން ޖެހެނީ 8500 ރުފިޔާ

“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކުން ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހެނީ 8500 ރުފިޔާކަމަށް ކަނޑައަޅައި، އެކަން ހާމަކޮށްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ. މި ފްލެޓްތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީ...

ހިޔާ އެގްރިމެންޓްތައް ވެބްސައިޓަށް
Raajje

ހިޔާ އެގްރިމެންޓްތައް ވެބްސައިޓަށް

އެންމެންނަށް ފެންނާނެހެން ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްތައް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން، (އެޗް.ޑީ.ސީ)ގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހިޔާ މަޝްރޫޢޫގެ އެ އެގްރިމެންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށް ގެންދާކަމަށާއި، އެ އެގްރިމެންޓް އެޗް.ޑީ.ސީގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފައިވާ ކަމަށެވެ. އިތުރަށް ސުހައިލު ވިދާޅުވި ގ...

ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން ކޮމެޓީގެ 8 ހުށަހެޅުމެއް
Raajje

ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން ކޮމެޓީގެ 8 ހުށަހެޅުމެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިނުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން އެކުލަވާލި ދިރާސާ ރިޕޯޓުގައި މައިގަނޑު 8 ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅައިފިއެވެ. 135 ޞަފްހާގެ މި ރިޕޯޓް ރައްޔިތުންގެ މަޖިލިސްއިން އާންމުކުރީ މިއަދުއެވެ. މި ރިޕޯޓްގައި އެ ކޮމެޓީގެ މަސައްކަތް ގެންދިޔަގޮތާއި، މައުލޫމާތު ހޯދި މަސްދަރުތަކާއި، ފާހަގަކުރެވޭ ކަންކަމާއި، ކޮމެޓީގެ ހޯދުންތަކާއި، އެ ހޯދުންތަކުގެ އަލީގައި ކޮމެޓީން ހުށަހަޅާ ކަންކަން ބަޔާންކޮށްފ...

ހިޔާ މަޝްރޫއުގެ އެއްކޮޓަރިއަށް ކުރިމަތިލި 3 ކެޓަރީއެއްގެ ފޯމުތައް ބާތިލްކޮށްފި
Raajje

ހިޔާ މަޝްރޫއުގެ އެއްކޮޓަރިއަށް ކުރިމަތިލި 3 ކެޓަރީއެއްގެ ފޯމުތައް ބާތިލްކޮށްފި

“ހިޔާ” މަޝްރޫޢުގެ އެއްކޮޓަރިއަށް ކުރިމަތިލި 3 ކެޓަރީއެއްގެ ފޯމުތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބާތިލްކޮށްފި އެވެ. މިއަދު އެމިނިސްޓްރީއިން 1 ކޮޓަރީގެ ކެޓަގަރީތަކާ ގުޅޭ ގޮތުން ނެރުނު އިޢުލާނުގައި ބާތިލުކޮށްފައިވާ 3 ކެޓަގަރީ އަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ 1 ކޮޓަރި (H11 ) އާއި H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)) އަދި  H15 […]

ހިޔާ މަޝްރޫޢު ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރަނީ
Raajje

ހިޔާ މަޝްރޫޢު ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރަނީ

“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ނިންމަވައިފިއެވެ. “ހިޔާ” މަޝްރޫޢު ގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ، އެކޮމިޓީން ހިޔާ މަޝްރޫޢު ގެ ދަށުން ފްލެޓު ދިނުމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެ...