ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ޙުސައިން ރިޒާ އަދާމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެކޮމިޝަންގައި ހުންނެވި ރިޒާ އިސްތިއުފާ ދެއްވާފައިވާއިރު، ރިޒާގެ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. ރިޒާ ޖޭއެސްސީން އިސްތިއުފާދެއްވުމާ އެކު، އޭނާ ހުންނެވި އެކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ. ރިޒާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރެވުނީ 12 ޖޫން 2024 ގައެވެ. ޖޭއެސްސީގެ ރައީސ...