އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫގެ ސީސީއޯ ނިޔާޒް
އޭޝިޔާ ބައްރުގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ހިމެނިއްޖެއެވެ. އޫރިދޫއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސީސީއޯ، ޙުސައިން ނިޔާޒް ވަނީ ޓްރޭޑްފްލޮކްގެ ފަރާތުން 2025 ވަނަ އަހަރުގެ އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި ހިމެނިފައެވެ. އެހެންވެ އެ ކުންފުނިން ވަނީ ސީސީއޯ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ނިޔާޒަށް މި ޝަރަފް ލިބިގެން ދިޔުމަކީ އެކުންފުނިން ވަރަށް ބޮޑަށް ފަޚުރުވެރިވާކަމެއްކަމަށް […]