Raajje
ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ހަސަން މުޣުނީ ޢައްޔަނު ކުރައްވައިފިއެވެ. މުޣުނީ އަކީ މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ދައުރުގައި ހަތަރު އަހަރެއްހާ ދުވަހު ސްޓެލްކޯގެ އެމްޑީކަން ކުރެއްވި މުޣުނީ އެ މަގާމުން ވަކިކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރާއި ގާތްވެފައި ވަނިކޮށެވެ. އެއަށްފަހު އޭނާ ޢައްޔަނު ކުރެއްވީ ތ...