އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރެއްވި ހިސާން އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފަވެއެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވ...