Skip to main content
Topic Archive

#ހުޅުމާލެ

79 Stories filed
ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ
Raajje

ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ

މާލޭ ސީޓީގެ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ހުޅުމާލެ ފޭސް 1 އަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި […]

ހުޅުމާލެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކޮށްފި
Raajje

ހުޅުމާލެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކޮށްފި

ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެހެންވެ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް...

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ދެވަނަ ފޭސް ފަށައިފި
Business

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ދެވަނަ ފޭސް ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއު އާބަންކޯއިން ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުފެ ފުރަތަމަ ފޭސްގެ 10 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައެވެ. ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރު ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އާބަންކޯގެ މެނޭޖިން […]

ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު
Raajje

ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު

ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި ބަންދު ކުރަނީ މަސައްކަތެއް ކުރުމަށެވެ. މިގޮތުން މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް އެފަޅި ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖ...

ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި
Raajje

ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލް އަޅަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އޮތީ މިއަދު ހަވީރު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އާއި ތަޢުލީމާބެހޭ ވަޒީރު އިސްމާއީލް ޝަފީޢު އާއި އާބަންކޯގެ ވެރިންނާއި އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑަައިގަތެވެ. ތަޢުލީމާބެހޭ ވުޒާރާއިން ބުނި ގޮތުގަ...

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި
Raajje

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި

ޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކޮށް، އެތަންތަނުގެ ކުލި ކުޑަކޮށްދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ. މިކަން ޢިއުލާން ކުރެއްވީ މިއަދު އިރުއޮއްސެނިކޮށް ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މިހާރު މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ކުޑަކޮށްދެއްވުމަށް އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދާއިއެއްގޮތައް ވިނަ...

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ފަށައިފި
News

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ފަށައިފި

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރަން ފަށައިފިއެވެ. ރައީސް އޮފީހުން ބުނީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމުގެ އިދާރީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. “މިއަދު ގެންނަވަން މި ފެއްޓެވި ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ […]

ނުވިކިހުރި ވިނަރެސް ފްލެޓުތައް ވިއްކަން ހުޅުވާލަން ނިންމައިފި
Business

ނުވިކިހުރި ވިނަރެސް ފްލެޓުތައް ވިއްކަން ހުޅުވާލަން ނިންމައިފި

ނުވިކި ހުރި ވިނަރެސް ފްލެޓުތައް ވިއްކަން އާބަންކޯއިން ނިންމައިފިއެވެ. އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިނަރެސް މަޝްރޫއުގެ ދަށުން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަރުހާލާތައް ނިންމައި އެ ފަރާތްތަކުން ފުލެޓް ހަވާލުކޮށް ނިމުމުންނާއި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ބާކީ ފުލެޓުތަކެއް ނުވިކި ހުން...

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ފައި ޗިސްވެއްޖެ
Raajje

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ފައި ޗިސްވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ހުޅުމާލޭގައި ހުރި މީހަކު ‘ތިލަދުން’ އަށް ބުނީ މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ކުރިމަތިން ކަމަށާއި އަނިޔާވި މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެމްއެންޑީއެފްގެ ސިފައިން ކަމަށެވެ. “މި އެކްސިޑެންޓްވީ ކަންނެލި ޖެޓީން މަގަށް ނިކުތް ސައިކަލަކާއި...

ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި
Thiladhunmathi News

ހިޔާ ފްލެޓުން ވެއްޓުނު އައިހަމް ނިޔާވެއްޖެ، ކަށުނަމާދު މިއަދު 10:00ގައި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ފްލެޓަކުން ރޭ ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ކުއްޖާ އަކީ ހއ. ދިއްދޫ، ޝަމަންވިލާ، އުމުރުން 15 އަހަރުގެ މުހައްމަދު އައިހަމް އިސްމާއީލް އެވެ. އެ ކުއްޖާ ވެއްޓިފައި އޮތްތަނުގައި ގިނަ އަދަދެއްގެ ލޭ ހުރިއިރު، އެ ކުއްޖާ ވެއްޓުމުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ރޭ 00:45 ހާއިރުއެވެ. ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު […]

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
Raajje

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މިރޭ ކުއްޖަކު ވެއްޓިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 23:58 ގައެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އެޗް06 ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ. އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އެކުއްޖާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާ ވެއްޓިފައި އޮތް ތަން ފެންނަ ވީޑިއޯއެއް މިހާރު މީސް […]

ހުޅުމާލޭގައި އެޅި "ވަން ސެންޓްރަލް ޕާކް" އެޕާޓްމެންޓްތައް ހަވާލުކޮށްފި
Business

ހުޅުމާލޭގައި އެޅި "ވަން ސެންޓްރަލް ޕާކް" އެޕާޓްމެންޓްތައް ހަވާލުކޮށްފި

ހުޅުމާލޭގައި އަޅާފައިވާ “ވަން ސެންޓްރަލް ޕާކް” މަޝްރޫއު ދެ އަހަރުތެރޭ ނިންމާ އެޕާޓްމެންޓްތައް ގަތް ފަރާތްތަކާއި އިއްޔެ ހަވާލުކޮށްފިއެވެ. މި އެޕާޓްމަންޓްތައް ގަތް ފަރާތްތަކާއި ހަވާލުކުރުމަށް ހުޅުމާލޭ ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުތަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމް އާއި އެޕާޓްމަންޓްތައް ތަރައްގީކުރި ކުންފުނީގެ ފަރާތުން މިސްޓަރ ނީރ...

އަންނަ ހޮނިހިރު ދުވަހު ހިޔާ ޓަވަރު ތަކުން ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ
Business

އަންނަ ހޮނިހިރު ދުވަހު ހިޔާ ޓަވަރު ތަކުން ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު ހުުޅުމާލެ ފްލެޓުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޖޫން 24 ވާ ހޮނިހުރު ދުވަހު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ […]

ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ
Raajje

ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެއެވެ. މިކަމާއި ގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ. މިކަމުގެ ސަބަބުނ...

ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯން ހުޅުމާލޭގައި
Business

ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯން ހުޅުމާލޭގައި

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް އަރބަންކޯއިން ތައާރަފުކޮށްފިއެވެ. ސްމާޓް ޕާކިންގެ ގޮތުގައި އާބަންކޯއިން ހަދާފައިވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނެވެ. މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުންޏެވެ. އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި ތަފާތު ކަންކަން ހުންނާނެކަމަށް އާބަންކޯއިން ބުންޏެވެ. އެގޮތުން، ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަން...