ހަ ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
06 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނައަހަރުގެ ފެބްރުއަރީ 9 ގައި ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ސުކޫލްތަކުން މި ހިނގާ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރީން އެ އެސޯސިއޭޝަނަށް ސިޓީފޮނުއްވުމަށް ވަނީ އެދިފަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން...