މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް
ށ. މިލަންދޫގައި ކަތިވަޅިއެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން މިލަންދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ މެދެއްހާތަނުގައެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 16 އޮގަސްޓު 2026 ގައި ކޯޓުން ދިނީ 12 ދުވަހުގެ މުއްދަތެކެ...