ކައުންސިލުން އެދުމުން ޒުވާނުން ނުކުމެ ހަނިމާދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅަނީ
ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި އެ ރަށުގެ ޒުވާނުން ގުޅިގެން ފަށައިފިއެވެ. ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ރާވާފައި އޮތީ، ކައުންސިލުން އެތަނަށް ބޭނުންވާ ސާމާނު ގެނައުމުން ރަށުގެ ޒުވާނުންނާއި ކައުންސިލާއި އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތައް ނުކުމެ ޓާފްއެޅުމުގެ އަމަލީ މަސައްކަތްކޮށް ނިންމާ ގޮތަށެވެ. މި މަސައްކ...