ހޮނޑާފުށި މުވައްޒަފުންނަށް ސާވިސްޗާޖު ނުދޭތާ 6 މަހަށްވުރެއް ގިނަވެ، ޝަކުވާ ބޮޑުވެއްޖެ
ހދ. އަތޮޅުގައި އޮތް ހަމައެކަނި ރިސޯޓްކަމުގައިވާ ހޮނޑާފުށީގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މުވައްޒަފަކަށް ސާވިސްޗާޖް ނުދޭތާ 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ގޮސްފައިވާތީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މެދުގައި ޝަކުވާ ބޮޑުވެއްޖެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން “ތިލަދުން” އިން ވަނީ ރަސްމީ ސިފައެއްގައި އެ ރިސޯޓްގެ މެނޭޖްމެންޓަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެރިސޯޓުގެ ޖެނެރ...