އެޗްޑީސީން ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި
ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިޔާ ސަރަހައްދުގެ ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ބާއްވައިފިއެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ބައިވެރިވެވަޑައިގެންނެވިއެވެ. އެޗްޑީސީން ބުނީ މި އަހަރު ތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސައް...