ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދަނީ
މާލެ ސަރަހައްދުގައި ދިރުއުޅޭ މީހުން ޕިކްނިކް ދިއުމަށް ސަރުކާރުން ތަރައްގީކުރާ ރަށް ކަމަށްވާ ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފި އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކޮށްފައިވާ އިިއުލާނެއްގައި ވަނީ އެރަށުގައި ކެފޭއެއް ހިންގުމާއި، ސްވެނިއަރ ފިހާރައަކާއި އާއްމު ތަކެތި ވިއްކާނެ ފިހާރައެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މޫދު ކުޅިވަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވެ...