ހުއްދަނެތި ހަނިމާދޫއަށް ދަތުރުކުރި މީހަކު ފޮނުވާލަނީ
ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ނަގަން ޖެހޭ ހުއްދަ ނުނަގާ ހދ. ހަނިމާދޫއަށް ދަތުރުކުރި މީހަކު އަނބުރާ ފޮނުވާލަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެއީ ށ. ކޮމަންޑޫއިން ހަނިމާދޫއަށް މިއަދު ދަތުރުކުރި ޒުވާނެއް ކަމަށެވެ. “އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން އައުމާއެކު ކަން ހިނގާފައިވާގޮތް ބެލިން، އޭނާއަކީ މިރަށަށް ދަތުރުކުރަން ހުއްދަ ނަގާފައިވާ މީހެއްނޫން، އޭނާ އައިސްފައި ވަނީ މިއަދު ށ. ކޮމަންޑޫއި...