ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ބޭރަށް ނުކުންނަން ޖެހޭ މީހުން ރަޖިސްޓަރީވާން ހުޅުވައިލައިފި
ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފި ހާލަތެއްގައި ދުރާލައި ތައްޔާރުވުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުމެ އުޅެން ޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ރަޖިސްޓަރީ ވުމަށް ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ދުރާލައި ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ދެނެގަތުމަށް ބޭނުންވާ ކަމ...