Skip to main content
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ބައެއް މަގުތައް ހަދާނީ ރޭސިން އަށް ބޭނުންކުރެވޭ ގޮތަށް: ރައީސް
Thiladhunmathi News

ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ބައެއް މަގުތައް ހަދާނީ ރޭސިން އަށް ބޭނުންކުރެވޭ ގޮތަށް: ރައީސް

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު...

ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް
Raajje

ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް

ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދު...

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ގޮތުން، މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. ރައީސުލްޖުމްހޫރިއ...

ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
International

ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި އެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައެވެ. ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ...

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ...

ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް
Thiladhunmathi News

ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވ...

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.  އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރ...

ބީއެމްއެލް އިން ކުޅުދުއްފުށި ސިޓީގައި އިތުރު ބްރާންޗެއްގެ ބިންގާ އަޅައިފި
Thiladhunmathi News

ބީއެމްއެލް އިން ކުޅުދުއްފުށި ސިޓީގައި އިތުރު ބްރާންޗެއްގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގައި އެ ބޭންކުގެ ދެވަނަ ބްރާންޗުގެ ބިންގާ އަޅައިފިއެވެ. މިއަދު ކުޅުދުއްފުށީގައި ކުރިއަށް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކުޅުދުއްފުށި ސި...

ކުޅުދުއްފުށީގައި ޑްރަގް ގެންގުޅުނު މީހަކު އަތުލިޔުމަށް ބިނާކޮށް އުމުރަށް ޖަލަށް
Raajje

ކުޅުދުއްފުށީގައި ޑްރަގް ގެންގުޅުނު މީހަކު އަތުލިޔުމަށް ބިނާކޮށް އުމުރަށް ޖަލަށް

ހދ. ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އަތުލިޔުމަށް ބަލައިގެން މީހެއްގެ މައްޗަށް ކުށް ސާބިތުވެ, އުމުރަށް ޖަލަށްލާން އެރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީގައި 2021 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތެރެއިން މަސްތުވާތަކެތި ފެނުނީ މީހަކު ދިރިއުޅޭ ކޮޓަރިއަކުންނާއި އެ ގޭގެ ގޯތި ތެރެއިންނެވެ. ކޮޓަރިން ފެނުނީ ޓްރެފިކިން މިންގަނޑަށް ނާރާ މިންވަރުގެ މަސްތުވާތަކެތި ނަމަވެސް ގޯތި ތެރެއިން ފެނުނީ ޓްރެފިކިން މިންގަނޑަށް އަރާ...

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް
Thiladhunmathi News

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ކަނޑިތީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ކުރި ހޯދާފައި ވަނީ 7-6 ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު އަޙުމަދު ހަމްދާން ނާސިރު އެ...

ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު

ހދ.ކުޅުދުއްފުށީ މަސްމާރުކޭޓުގައި ހުސްވެފައިވާ މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްމާރުކޭޓުގައި މަސްކެނޑުމަށް ހާއްސަ ކޮށްފައިވާ 8 ޖާގާގައި ރަޖިސްޓަރީވެގެން މަސްކެނޑުމުގެ ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 08 (އަށެއް) ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވ...

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި
Thiladhunmathi News

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކޮށްފިއެވެ. މި ޕްރޮޖެކްޓް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފަ...

ކުޅުދުއްފުށީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސާވޭއަށް އެނުއުމަރޭޓަރުން ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސާވޭއަށް އެނުއުމަރޭޓަރުން ހޯދަނީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭގެ މަސައްކަތަށް އެނުއުމަރޭޓަރުން ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތަށް 10 އެނުއުމަރޭޓަރުން ހޯދުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސައްކަތުގެ މުއްދަތަކީ އެންމެ ގިނަ ވެގެން 10 (ދިހަ) ދުވަސް ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެ...

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ, ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި
Thiladhunmathi News

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ, ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އިއްޔެ ހަވީރު ފަށައިފިއެވެ. މުޅި ޖުމްލަ 8 ޓީމެއް ހިމެނޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި 4 ޓީމެއް ހިމެނޭގޮތަށެވެ. މިގޮތުން “ގްރޫޕް އޭ” ގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ހީވެސް ނުވޭ ޓީމެވެ. އަދި “ގްރޫޕް ބީ” ގައި ހިމެނެނީ ކެތި އަރާ، ކަނޑިތީމު […]