ނޮޅިވަރަމުން ޕޮޒިޓިވްވީ އަދަދު 109، އެންބިއުލާންސްގެ ޚިދުމަތް ނުލިބޭތީ ބަލިމީހުން އުފުލަނީ ޕިކަޕުގައި!
ހދ. ނޮޅިވަރަމުން ކޯވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 109 އަށް އެރިއިރު އެރަށުގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެ އެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނަކު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި އެންބިއުލާންސްގެ ޚިދުމަތް ނުލިބި ހައެއްކަ މަސް ވެދާނެ ކަމަށެވެ. އަދި މިހާލަތުގައި ކޯވިޑް އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ސިއްހީ މަރުކަޒާއި ހަމައަށް ގެންދަނީވެސް އެކި ފަހަރު އެކި އުޅަންދު ތަކުގައެވެ. އެގޮތުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ހާލުދެރަވި ދެ ބަލިމީހަކު […]