ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް
ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަމަށް ވެސް ގެންގޮސްފިއެވެ. ފުރަތަމަ މި ދަންމަރު ގެންދިޔައީ ނޮޅިވަރަންފަރަށެވެ. އެއަށްފަހު މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު މި ދަންމަރު ވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ހިފައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ދުވުން ފެށީ އެ ރަށުގެ ބަނދަރުންނެވެ. އެ ދުވުން ނިންމާލީ އެރަށުގެ ސިއްހީ މަރުކަޒު ކައިރިއަށެވެ. ދަންމަރު ހިފައިގެން ދަތުރުކުރާ މޯލްޑިވްސް އޮލިމް...