Skip to main content
Topic Archive

#ހދ ހަނިމާދޫ

211 Stories filed
ހަނިމާދޫ އާސިއްޕެ، ވިދަމުން އަންނަ ހުނަރުވެރި ތަރިއެއް
Column

ހަނިމާދޫ އާސިއްޕެ، ވިދަމުން އަންނަ ހުނަރުވެރި ތަރިއެއް

ހދ. ހަނިމާދޫއަށް އުފަން އާސިފް ސަލީމް (އާސިއްޕެ) އަކީ ހަނިމާދޫގައި އުފެދުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އާދަމް ސަލީމް (ސައްލި) ގެ ތިން ދަރިންގެ ތެރެއިން އެކަކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އާދަމް ސަލީމް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ނިޔާވުމާއި ގުޅިގެން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫއަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުންއައި ފުޓްބޯޅް މުބާރާތުގެ ނަން ވަނީ އެ އަހަރުން […]

ހަނިމާދޫން 200 ގޯތި ދޫކުރަން ހުއްދަދީފި
Thiladhunmathi News

ހަނިމާދޫން 200 ގޯތި ދޫކުރަން ހުއްދަދީފި

ހދ. ހަނިމާދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހަނިމާދޫ ކައުންސިލަށް ދީފިއެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވާކަން ހާމަކޮށްފައި ވަނީ އެ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިކަން ހާމަކޮށް ފިރާގު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ 11 އަހަރަށް ފަހު ހަނިމާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން  ހުއްދަ ދެއްވައި، ދެއްވި […]

ހަނިމާދޫ ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ
Thiladhunmathi News

ހަނިމާދޫ ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ. އަދި ވެލި ބަރުކޮށްގެން ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކޮށް، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 355 މީޓަރުގެ [...

ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި
Thiladhunmathi News

ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ރާއްޖޭގައި ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭން ހަރަކާތުގެ އިވެންޓެއް ހދ. ހަނިމާދޫގައި ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާއި، އެއާޕޯޓް ސަރަހައްދަށް އިން ވަކިކުރެވިފައިވާ ސަރަހައްދުގައި އިއްޔެ ވަނީ “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ދެ ބެނާއެއް ދަމާފައެވެ. މީގެއިތުރުން އެރަށަށް މީގެ އަހަރުތަކެއް ކުރިން ހއ. ހަތިފުށިން ހިޖުރަކޮށްފައިވާ...

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް
Thiladhunmathi News

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މި މެޗު ޓީމް ހަނިމާދޫއާއި ވާދަކޮށް ޓީމް ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ކުޅުދުއްފުށި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. […]

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި
Thiladhunmathi News

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ފައިނަލުން ޓީމް ހަނިމާދޫއާއި ޓީމް ކުޅުދުއްފުށި ޖާގަ ހޯދއިފިއެވެ. މި މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުއްޓާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު […]

ހަނިމާދޫ ގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ހަނިމާދޫ ގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ހަނިމާދޫގައި އިތުރު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވިގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑްއެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތުގައި މި މަސައްކަތް ނިންމަންޖެހޭއިރު، މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ހަނިމާދޫގައި މިހާރު ވެސް ތިން މިސް...

ބޯގަންވިލާ މަލުގެ ކުލަތަކުން ހަނިމާދޫއަށް އިތުރު ހިތްގައިމުކަމެއް
Report

ބޯގަންވިލާ މަލުގެ ކުލަތަކުން ހަނިމާދޫއަށް އިތުރު ހިތްގައިމުކަމެއް

ހަނދާންވާން ފެށިއިރު ވެސް ރަށުގައި ބޯގަންވިލާ ހުރެއެވެ. ނަމަވެސް އޭރު އެއީ އެހާ އާންމު މާ ގަހެއް ނޫނެވެ. ހާއްސަކޮށް ތަފާތު ކުލަކުލައިގެ ބޯގަންވިލާ އޭރު ރަށުގައި ނުހުރެއެވެ. ފެންނަނީ ހަމައެކަނި އެއް ކުލައެއް ނުވަތަ ދެ ކުލައެކެވެ. މަދު ގެއެއްގެ ދޮރޯށި މައްޗަށް ބޯގަންވިލާ އަރުވާފައި އޮންނާތީ ފެނެއެވެ. އުމުރުން ދުވަސްވީ ބައެއް މީހުން އޭރު ބުނާތީ އަޑު އިވެއެވެ. ބޯގަންވިލާ ގަހަކީ ވަރަށް ނާމާން ގަހެކެވެ. އެއީ އެ ދުވަސްވަރުގެ ވަރަށް ގިނަ މީހުންގެ […]

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫގައި މައުލޫމާތު ދީފި
Thiladhunmathi News

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫގައި މައުލޫމާތު ދީފި

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ މުއާމަލާތްތަކާ މެދު ހަނިމާދޫ ރައްޔިތުންނަށް މައުލޫމާތު ދީފި އެވެ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްމާޓް ފޯނުގެ ބޭނުންކޮށްގެން ކުރާ ނޭދެވޭ މުއާމަލާތްތަކާ މެދު ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެމައުލޫމާތައް ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ފެށިގެން ދެ ދުވަހުގެ މުއްދަތަށްކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވަ އެވެ. މިހަރަ...

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު މި ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާނެއެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމ...

ހަނިމާދޫ ގެއެއްގެ މަސްފެންގަނޑަށް ޕެޓްރޯލްއަޅައި މަސްތައް މަރާލުން، އާންމު ވަމުން އަންނަ ސީރިއަސް މައްސަލައެއް
Thiladhunmathi News

ހަނިމާދޫ ގެއެއްގެ މަސްފެންގަނޑަށް ޕެޓްރޯލްއަޅައި މަސްތައް މަރާލުން، އާންމު ވަމުން އަންނަ ސީރިއަސް މައްސަލައެއް

ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކުގައި ބެހެއްޓިފައިވާ އެކިވަރުގެ މަސްޓޭންކުތަކާއި، ގޭގައި އޮންނަ ހުސް ބިންކޮޅުގައި ހެދާފައި ހުންނަ މަސް ފެންގަނޑު ތަކުގައި ހިޔާލެއް ފިކުރެއް ނެތި ދުވެލަދުވެލާ އެ ތިބޭ އެކި ކުލަކުލައިގެ މަސްތަކަކީ މިހާރު ދިވެހި އާއިލާތަކުގެ މެމްބަރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮޑު އަގުގައި އެ މަސްތައް ގަނެގެން، ބޮޑު ޚަރަދުކޮށް މަސްތައް ބަލަހައްޓަމުން އަންނަނީ އަޅާލުމާއި ލޯތްބާއި ވަގުތު ދީގެންނެވެ. ވުމާއެކު އެ ތަކެއްޗަކީ އާއިލާގެ ހުރިހާ މެމްބަރުން ވެސް އެހާމެ ލޯބިކުރާ […]

ހަނިމާދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

ހަނިމާދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަރތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 […]

ކޯވިޑްގެ ހާލަތު ގޯސްވެ ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި
Thiladhunmathi News

ކޯވިޑްގެ ހާލަތު ގޯސްވެ ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ހާލަތު ގޯސްވެ، ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ. މިމަހުގެ 5 ވަނަ ދުވަހު ހަނިމާދޫން ކޯވިޑްކޭހެއް ފެނުނުފަހުން، ފާއިތުވި 7 ދުވަހުގެ ތެރޭގައި އެރަށުން ވަނީ 40 މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުން މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”...

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް
Raajje

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް
Thiladhunmathi News

ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް

ހދ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ކެތިއަރާ މަސްރޭސް 2021” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ސީ ހޯސް ހޯދައިފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގެ އަންހެން ކެޓަގަރީގެ ރޭސް ބާއްވާފައި ވަނީ 29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. ފިރިހެން […]