Skip to main content
Topic Archive

#ހދ.ހަނިމާދޫ

445 Stories filed
ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް
Thiladhunmathi News

ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫ އަތުން ލިބުނު މޮޅާއެކު ހަނިމާދޫ އަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. ދެ ގްރޫޕަކަށް ކުޅޭ މި ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހަނިމާދޫ އާއި ކުމުންދޫގެ އިތުރުން މުބާރާތް އޮންނަ ރަށްކަމަށްވާ ނޮޅިވަރަންފަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިންބެވެ. މިއަދުގެ މެޗަށް ނުކުތް އިރު ގްރޫޕް ”އޭ”ގެ ނޮޅިވަރަންފަރާއި، ކުމުންދޫ އަށް ވެސް އޮތީ […]

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި
Thiladhunmathi News

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ ރަށެއްގެ ޚިޔާލު ހޯދައި ރަނގަޅު ޕްލެޓްފޯމެއް އެކުލަވާލުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް އެރަށު ކައުންސިލުން ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައި ވަނީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން...

ހަނިމާދޫ ހޮސްޕިޓަލްގެ މަޝްރޫޢު ނިންމުމަށް އަމާޒުކޮށްފައި ވަނީ 30 އެޕްރީލް 2028 އަށް: ގީލާ
Parliament

ހަނިމާދޫ ހޮސްޕިޓަލްގެ މަޝްރޫޢު ނިންމުމަށް އަމާޒުކޮށްފައި ވަނީ 30 އެޕްރީލް 2028 އަށް: ގީލާ

ހދ. ހަނިމާދޫގައި އަލަށް ބިނާކުރާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށުމަށް އަމާޒުކޮށްފައި ވަނީ 30 އެޕްރީލް 2028 އަށް ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހަނިމާދޫގައި ލެވެލް އެކެއްގެ ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި އާރް.ޑީ.ސީއާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިހާރު މަޝ...

ޗައިނާ ސަފީރު ހަނިމާދޫ ސްކޫލަށް، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި
News

ޗައިނާ ސަފީރު ހަނިމާދޫ ސްކޫލަށް، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮން ޝިއަންހު ހަނިމާދޫ ސްކޫލަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތާ ގުޅޭގޮތުން ހަނިމާދޫ ސްކޫލުން ބުނީ، ޗައިނާގެ އިސް ވަފުދެއްގެ ބޭފުޅުން ސްކޫލުގެ ކެމްޕަހާއި، ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ އެކި ވަސީލަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ސްކޫލުގެ ސީނިއަރ މެނޭޖްމަންޓް ޓީމާ (އެސް.އެމް.ޓީ) އެކު ބޭއްވުނު ބައްދަލުވުމެއްގައި ސްކޫލުގެ ކުރިއެރުމަށާއި، ދެފަރާތް ގުޅިގެން މަސައްކަތް ކުރެވ...

ހިރިމަރަދޫ އާ ގުޅޭ މައްސަލައެއް އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހަޅައިފި
Thiladhunmathi News

ހިރިމަރަދޫ އާ ގުޅޭ މައްސަލައެއް އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހަޅައިފި

ހދ. ހިރިމަރަދޫ އާއި ގުޅޭ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ ރައްޔިތުންގެ ހާލަތު ބެލުމަށްޓަކައި ‘ފެކްޓް ފައިންޑިން’ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުން ފާހަގަވި ކަންކަމާއި ހޯދުންތައް މިހާރު އެޗްއާރްސީއެމާ ހިއްސާކޮށްފައިވާ...

ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް

ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮއްގެން ބާއްވާ ” އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް ޓޯނަމެންޓް 2026 ” އިންތިޒާމްކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްޢޫލިއްޔަތު ” ޑްރާފްޓް އެންޑް ކްރާފްޓް” އާ ޙަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ  ކައުންސިލްގެ ރައީސް ރައީސްގެ ޢަލީ އިބްރާހީމެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޯނަރ...

ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް
Thiladhunmathi News

ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް

2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން  އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދ...

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނ...

ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި
Thiladhunmathi News

ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި

ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަނ...

ހަނިމާދޫގެ ޕާކްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 2.7 މިލިއަން ރުފިޔާ އަށް ''މިނެޓް ޕްލަސް'' އަށް
Thiladhunmathi News

ހަނިމާދޫގެ ޕާކްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 2.7 މިލިއަން ރުފިޔާ އަށް ''މިނެޓް ޕްލަސް'' އަށް

ހދ. ހަނިމާދޫގެ ކުޑަކުދިންގެ ޕާކްތަކާއި އާންމު މައިޒާންތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، އެތަކެތި އިންސްޓޯލްކުރުމަށް އެރަށުގެ ކުންފުންޏެއްކަމަށްވާ މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް އާއެކު ހަނިމާދޫ ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ. އަދި މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ އާދަމް އިބްރާހީމެވެ. ޖުމްލަ 2,774,736.00 ރުފިޔާ ހަރަދުކޮށ...

ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި
Thiladhunmathi News

ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި

ހދ. ހަނިމާދޫގައި ޗައިނާގެ ފަންނީ މާހިރުން އިސްވެ ތިބެ، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ތަމްރީންތައް ކުރިއަށްދަނީ އޮގަސްޓް މަހުގެ 2 އިން 6 ގެ ނިޔަލަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއ...

ހަނިމާދޫ ކައުންސިލުގެ ޤުރުއާން މުބާރާތް އިންތިޒާމުކުރަން 491,600ރ. އަށް ބަޔަކާ ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ކައުންސިލުގެ ޤުރުއާން މުބާރާތް އިންތިޒާމުކުރަން 491,600ރ. އަށް ބަޔަކާ ހަވާލުކޮށްފި

ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “ޖަވާޙިރުލް ޤުރުއާން މުބާރާތް 1448” އިންތިޒާމުކުރުމަށް އެ ރަށުގެ “ޑްރާފް އެންޑް ކްރާފްޓް” އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާލީ އިބްރާޙިމް އެވެ. އަދި ޑްރާފް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ ޝިފާން ޙަސަން އެވެ. ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން މުބާރާތް ކުރިއ...

ހަނިމާދޫގައި މާބަނޑު މީހުންގެ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ
Thiladhunmathi News

ހަނިމާދޫގައި މާބަނޑު މީހުންގެ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ސްކޭން މެސިން އެ މަރުކަޒަށް ލިބިފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ. އެ ސްކޭން މެޝިން ހަނިމާދޫ އަށް ގެންދިޔައީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަހްމަދު ޝަމީމް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެގޮތް ހެދުމަށް ބޭނުންވާ ސްކޭން މެޝިން […]

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އަނދާ ހުލިވެއްޖެ
Thiladhunmathi News

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އަނދާ ހުލިވެއްޖެ

ހދ. ހަނިމާދޫ ބަނދަރު ބޭރު ތޮށީގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ އަނދާހުލިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ހަނިމާދޫ ”ގަހާތަރި” ލޯންޗުގައެވެ. ހަނިމާދޫ ކައުންސިލް މެމްބަރު އަހްމަދު އަނާން ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 12:25 ހާއިރުކަމަށެވެ. ”ބެލެވެނީ ސްޓާޓް ކުރަން އުޅެނިކޮށް ކަރަންޓް ޝޯޓެއްވީކަމަށް، އާންމުންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވޭތޯ މަސައްކަތްކުރި، ނަމަވެސް ލޯންޗް ވަނީ އެއްކޮށް އަނދާ ހުލިފައި” އޭނާ ބުންޏެވެ. އެ ލޯންޗްގައި […]

Thiladhunmathi News

''ބަހުރު'' ދޯނިން ކަނޑަށް ފުއްމާލި މީހަކު ހޮނޑާފުށީ ގޮނޑުދޮށުގައި ލައްގާފައިއޮއްވާ ފެނިއްޖެ

ހދ. ހޮނޑާފުށީ ރިސޯޓް ކައިރީ އެންދަމަން އޮތް ދޯންޏަކުން ކަނޑަށް ފުއްމާލި މީހަކު އެރަށު ގޮނޑުދޮށުގައި ލައްގާފައިއޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ  ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ  މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެ އިދާރާއިން ބުންޏެވެ. ގެއްލު...