ހަނިމާދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް
ހދ. ހަނިމާދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ހަނިމާދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ހަނިމާދޫގެ ހާހެއްހާ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ މިއަދު ހަވީރުއެވެ. ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތިން ފެށި ހިނގާލުން ނިންމާލީ ބަނދަރު ސަރަހައްދު ސްޓޭޖް ކައިރިއަށެވެ. ހިނގާލުން ނ...