ފާއިތުވި އަހަރު މިލަންދޫ އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައި
ފާއިތުވި 2021 ވަނަ އަހަރު ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. މިގޮތުން ފާއިތުވި އަހަރު އެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެ ކޮމެޓީން އިސް ނަގައިގެން މިލަންދޫ ސްޕޯޓްސް ކުލަބާއި ގުޅިގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގ...