އާ އެންބިއުލާންސެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް: ފޯކައިދޫ ސިއްހީ މަރުކަޒު
ސަރުކާރުން ށ. ފޯކައިދޫއަށް ފޮނުވި އާ އެންބިއުލާންސެއް މިއަދު އެރަށަށް ލިބިއްޖެއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ރަށްތަކަށް ފުރުވާލީ ނިމުނު އޮކްޓޯބަރުގެ 30 ވަނަ ދުވަހުއެވެ. 20 ރަށަކަށް ފޮނުވި މި އެމްބިއުލާންސްތައް ރަށްތަކަށް މިހާރު ފޯރަމުންދާއިރު، މީގެތެރޭގައި ފޯކައިދޫ ހިމެނޭހެން ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނެއެވެ. ފޯކައިދޫއަށް ފޮނުވި އެމްބިއުލާންސް ލިބުމާގުޅިގެން ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ރައްޔިތުން...