ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 1335 މީހުންގެ އާބާދީއެއް އޮންނަ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް، ގާމަތީ ރަށެކެވެ. އަފި އެ ރަށަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު، ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ. މީގެ އިތުރުން ބ...