Skip to main content
Topic Archive

#Haa Alif Ihavandhoo

516 Stories filed
ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ
Thiladhunmathi News

ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ

ހއ. އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން މަސްވެރިންނަށް ހާއްސަކޮށް ފިޝްމެން ފުޓުސެލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މި މުބާރާތުގެ މަގްސަދަކީ މަސްވެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ  ފްޓްސަލް ކުޅުންތެރިން އުފެއްދުމަށާއި، އިހަވަންދޫގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުންކަމަށް އެކުލަބުން މަޢުލޫމާތުދެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެ...

Thiladhunmathi News

އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައްދަނީ އިއުލާންކުރަމުންނެވެ. އެގޮތުން، މިހާތަނަށް ދެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ އިމަގު މަދަހަ މުބާރާތާއި ގުރުއާން މުބާރާތެވެ. މިއަހަރު އިމަގު މަދަހަ މުބާރާތް ކުރީގެ އަހަރުތަކާ ތަފާތުކޮށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމަގުގެ މީޑި...

އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި
Thiladhunmathi News

އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި

ހއ. އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި އެވެ، އެމަރުކަޒުން މިއަދު ބުނެފައިވަނީ، އެމަރުކަޒަށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ އިއިކްރޯމާ މެޝިން އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއިއެކު، މިމަރުކަޒުގެ ލެބޯޓަރީއިން ކުރިން ނުހެދޭ މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފެށިފައިވާކަމަށެވެ. އެގޮތުން ތައިރޮއިޑް ޓެސްޓާއި، ޓެލެސީމިއާ ކުދިންނަށް އެންމެ މުހިއްމު އެއް ޓެސްޓް ކަމަށްވާ ފެރަޓިން ޓެސްޓާއި، ހަކުރުބަލީގެ ބަލިމީހުންނަށް މުހިއްމު ޓ...

މަސްތުވާތަކެތީގެ މައްސަލައެއްގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
Raajje

މަސްތުވާތަކެތީގެ މައްސަލައެއްގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ. މިމައްސަލައާއި ގުޅިގެން ތިލަދުން އަށް މަޢުލޫމާތުދެމުން ފުލުހުންބުނީ އެމީހާ ދޫކޮށްލާފައިވަނީ ކޯޓަށް ނުގެންގޮސްކަމަށެވެ. މައްސަލައިގެ ތަހުޤީޤު ދަނީ ކުރަމުން. ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ލިބިފަ ނުވާތީ އެމީހާ ވަނީ ދޫކޮއްލައިފަ. ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އިހަވަންދޫގައި ހިންގި މަސްތުވާތަކެ...

އިހަވަންދޫ އާޘާރީ މިސްކިތް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތްކުރިއަށް!
Thiladhunmathi News

އިހަވަންދޫ އާޘާރީ މިސްކިތް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތްކުރިއަށް!

ހއ. އިހަވަންދޫ އާޘާރީ މިސްކިތް، ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެ މިސްކިތުގެ ބަފަޒޯން ކަމުގައި ކަނޑައެޅިފައިވާ ސަރަހައްދު ހާމަކޮށްފިއެވެ. މިގޮތުން އެ މިސްކިތުގެ ބަފަޒޯން ސަރަޙައްދު ކަމުގައި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކަނޑައަޅފައިވާ ސަރަހައްދުގެ ގޮތުގައި އިހަވަންދޫ ކައުންސިލުން ބުނެފައިވާ ސަރަހައްދަކީ، އިހަވަންދޫ އޭސިޔާ ހިނގުމާއި، ދަނބުރުއްމަގާއި ގުޅުނު ހިސާބުން ދަނބުރުއްމަގުން އިރަށް އަދި ހަނދުވަރީ ހިނގުމުން އުތުރަށެ...

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން
Thiladhunmathi News

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

އިހަވަންދޫ ސްކޫލް ދަރިވަރުން 2 ދުވަސްތެރޭ 68 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފި
Thiladhunmathi News

އިހަވަންދޫ ސްކޫލް ދަރިވަރުން 2 ދުވަސްތެރޭ 68 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފި

ހއ. އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 2 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން ވަނީ 68،200 އަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ހުސްކުރި ފުޅި އެއްކޮށް، ސްކޫލާއި ހަވާލުކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ޝުޖާޢު ”ތިލަދުން”އަށް ބުނީ، އެ ހަރަކާތަކީ، ”ޕާލޭ ފޮރ ދަ […]

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް
Thiladhunmathi News

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫގެ މަސްވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި މުބާރާތާއި ގުޅިގެން އިމަގު ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ “ބާރަނަ ޗެލެންޖް”ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އިހަވަންދޫ މަސްވެރި އުޅަނދުތަކުގެ ކެޔޮޅުންނާއި ފަޅު...

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ
Raajje

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ. އެ ލި...

ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު
Thiladhunmathi News

ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު

ސަރުކާރުން ހއ. ހޯރަފުށްޓާއި، އެ އަތޮޅު އިހަވަންދޫގެ ގާއިމު ކުރަން ނިންމަވާފައިވާ ހޮސްޕިޓަލްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން...

އިހަވަންދޫ ކައުންސިލުން ރަމަޟާންމަހު ކުނި އުކައިދޭނީ ހިލޭ
Thiladhunmathi News

އިހަވަންދޫ ކައުންސިލުން ރަމަޟާންމަހު ކުނި އުކައިދޭނީ ހިލޭ

ހއ. އިހަވަންދޫ ކައުންސިލުން ދެމުންދާ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ދަށުން، ކުރިއަށް އޮތް ރަމަޟާންމަހު އެރަށުގެ ގޭ ބިސީތަކަށް ހިލޭ ކުނިއުކައި ދިނުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އިހަވަންދޫ ކައުންސިލުން ބުނީ، އެ ކައުންސިލުންދޭ ކުނި އުކާލުމުގެ ޚިދުމަތުގެ އަގެއް ގޮތުގައި ނަގަމުން އަންނަ ފީ އަންނަ ރަމަޟާންމަހު އެރަށުގެ ގޭ ބިސީތަކުން ނުނަގާނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓުކުރާ ގޭ ބިސީތަކަށް ވެސް އެ ފުރުސަތު ދޭނެކަމަށް […]

އިހަވަންދޫ ފިހާރައަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
Thiladhunmathi News

އިހަވަންދޫ ފިހާރައަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ިހއ. އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަންކުރި މައްސަލައަކާ ގުޅިގެން ، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ އިހަވަންދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަން ހާމަކުރަށްވާ ފުލުހުން ވިދާޅުވީ، އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮއްފައިވަނީ 28 އަހަރުގެ ދިވެހި ފި...

އިހަވަންދޫ ކައުންސިލުން ކުނި އުކައިދިނުމުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

އިހަވަންދޫ ކައުންސިލުން ކުނި އުކައިދިނުމުގެ ޚިދުމަތް ފަށައިފި

ހއ. އަހަވަންދޫ ކައުންސިލުން އެރަށުގައި ކުނިއުކުމުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ކުނި އުކާލުމުގެ ޚިދުމަތް ހޯދުމަތް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީވި، އެރަށު ”މޫރިތިގޭ” ކައިރީގައެވެ. އެ ޚިދުމަތް ފައްޓަވައި ދެއްވީ އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދެވެ. އިހަވަންދޫ ކައުންސިލުން ވަނީ މި މަސައްކަތަށް އެރަށުގެ ރައްޔިތުންގެ ތެރެއިން 5 މީހުން ވަޒީފާއަށް ނަގާފައެވެ. އެހެންކަމުން މި ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާނީ ސަތޭކަ އިންސައްތަ...