ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި
ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫޢު މިއަދު އިފްތިތާޙް ކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް ބައިވެރިވެ ވަޑައިގަތެވެ. މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ފައިސަލް ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދ...