އައިޖީއެމްއެޗް އާއި އެސްޓީއޯ ގުޅިގެން ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ހަރަކާތްތަކެއް ކުރިއަށް
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ހއ. އަތޮޅުގައި ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މި ދުވަސް ފާހަގަކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް އެ އަތޮޅަށް ވަނީ ދަތުރުކޮށްފަ އެވެ. އަދި އެ އަތޮޅު ހޮސްޕިޓަލާއި އެސްޓީއޯ މެޑިކަލް ސާރވިސަސް އަދި އައިޖީއެމްއެޗާއި ގުޅިގެން އެކި […]