ކުޅުދުއްފުށީގައި އަޅާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި
ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ (ޓިވެޓް) ގައި މިއަދު ބިންގާ އަޅައިފިއެވެ. މި ސެންޓަރ ގައި ބިންގާ އެޅުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވާފައިވާއިރު، މި ޓިވެޓް ސެންޓަރުގައި ރަސްމީކޮށް ބިންގާ އެޅުމުގެ ގޮތުން ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަ...