ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި، ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިންގ ޒޯން ސަރަޙައްދުގައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އެ ސަރަޙައްދުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއ...