ހޯރަފުށީގައި "ފޮޓޯ ޕޮއިންޓް" ތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި
ހިތްގައިމު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުށި ޕްރޮމޯޓްކުރުމަށް އެ ރަށުގެ މުހިންމު ސަރަޙައްދުތަކުގައި ފޮޓޯ ޕޮއިންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ”ތިލަދުން” އަށް ވިދާޅުވިގޮތުގައި، މިކަހަލަ ތަފާތު ފޮޓޯ ޕޮއިންޓް އެއް ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، ހޯރަފުއްޓަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވެފައި، ރަށަށް ޒިޔާރާތް ކުރާ މީހުންނަށް އެ ރަށް އިސްތިހާރުކުރުމަށް ލިބިގެންދާނެ ފުރުސަތަކ...