ޙައްޖާޖީންނަށް އެހީވުމަށް ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މިއަހަރު މަސައްކަތް ކުރި
މިއަހަރު ޙައްޖާޖީންނަށް އެހީވުމަށް ޙައްޖާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މަސައްކަތް ކުރި ކަމަށް ސައުދީއަރަބިއްޔާއިން ރިޕޯޓް ކޮށްފިއެވެ. ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 94000 އަށްވުރެ ގިނަ އެހީތެރިން މިއަހަރުގެ ޙައްޖުގައި މަސައްކަތް ކުރިއެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށްދާ ފަރާތްތަކަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޙަ...