އެތައް ބަޔަކު ''މަޅީގައި ޖެހުނު'' ޖެމްކިޔު ސްކީމް ހުއްޓާލައި، އާ ސްކީމެއް ފަށައިފި
އެތައް ހާސް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވަމުން ދިޔަ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް ހިންގި “ޖީއެމްސީއީ” ނުވަތަ “ޖެމްކިޔު” އިންވެސްޓްމަންޓް ސްކީމުގެ ހަރަކާތްތައް މުޅިން ހުއްޓާލައިފިއެވެ. ފައިސާ ނެގުމުގައި މިދިޔަ ހަފުތާގެ ތެރޭގައި ދަތިތަކެއް ކުރިމަތިވެ، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ސްކީމަކީ މަންފާ ހޯދޭނެ ކަމަށް ބުނެ އެތައް ބަޔަކު މަޅީގައި ޖެހިފައި...