ދެ ރަތްކާޑު ދެއްކިނަމަވެސް ބަޔާން ބަލިކޮށް ޕީއެސްޖީ ސެމީއަށް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ. އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ބަޔާނަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު، އަނިޔާއިން ސަލާމަތްވެ ފުރަތަމަ އެގާރާގައި ހިމެނިގެން ރޭ ކުޅުނު އެ ޓީމްގެ ތަރި ޖަމާލް […]